ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ކުރިނބީ ސުކޫލުގެ ސެކަންޑް ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން (2ވަނަ އިޢުލާނު)

  • މިސްކޫލުގެ ނަންބަރ GS95/2024/013 އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތާއި، ބިޑް ޑޮކިއުމެންޓްގައި މައްސަލަތަކެއް ހުރުމާއެކު، ބިޑް އިވަލުއޭޓް ކުރެވޭނެ ގޮތް ނުވުމުން އެ އިޢުލާން ބާތިލްކޮށް އަލުން ފުރުޝަތު ހުޅުވާލަމެވެ.
  • މި ސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންގެ ސެކަންޑް ޔުނީފޯމް ތައްޔާރުކޮށް ކުރިއަށް އޮތް 2 އަހަރަށް ފޯރުކޮށްދިނުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  • މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  • ވީމާ މިކަމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކު ގައި ބިޑްރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ.
  • މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ  2024 ޖޫން 10 ވަނަދުވަހުގެ 14:00 ގެ ކުރިން 9995686 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • އީމެއިލް ކުރައްވާނީ [email protected] އަށެވެ.
  • ބީލަމާގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ބާއްވާގޮތަށް ހަމަޖެހިފައެއްނުވެއެވެ.

 

ތާރީޚް

ތަފްޞީލް

ގަޑި

ތަން

05 ޖޫން 2024 އިން 10 ޖޫން 2024 އަށް

ރަޖިސްޓްރީކުރުން

09:00 އިން 14:00 އަށް

ކުރިނބީ ސްކޫލް / ހދ. ކުރިނބި

13 ޖޫން 2024

އަންދާސީ ހިސާބު ހުށައެޅުން

ހެނދުނު 10:30 ގައި

ކުރިނބީ ސްކޫލް / ހދ. ކުރިނބި

 

  • މި ޚިދުމަތަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • ވީމާ، މި ބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 10 ވަނަ ދުވަހުގެ ކުރިން ސްކޫލަށް ވަޑައިގެން ނުވަތަ  [email protected] މި އީ-މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ  ކުރެއްވުން އެދެމެވެ.
  • ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
05 ޖޫން 2024
ހޯދާ