މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ޝަހީދު އަލީ ތަކުރުފާނު ސްކޫލް
ދިވެހިރާއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު


އަންދާސީހިސާބު ބޭނުންވެއްޖެ

1    މިސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. ވީމާ މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  •  ފެންތާނގީ މިހާރު ހުރިތަނުން ބަދަލުކުރުން. (ބުޑުއެޅުން، ފިޓިންގސް އެޅުން)
  •  މޯޓަރު މިހާރު ހުރި ތަނުން ބަދަލުކުރުން. (ހޮޅިއެޅުން، ފާރު ކެނޑުން )
  •  ހަލާކުވެފައިވާ ސީލިންގް ފިލާ ބަދަލުކުރުން.

2  މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3   މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024ޖޫން 05 ން 2024 ޖޫން 09 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން،ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރެއްވުމަށްފަހު މައުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށެވެ.

4  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024ޖޫން 09 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5    މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024ޖޫން 10 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

6   ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024ޖޫން 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގައެވެ.

7  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަހީދު އަލީ ތަކުރުފާނު ސްކޫލް

ހއ. ތަކަންދޫ ދިވެހިރާއްޖެ

ފޯން: 6500576

އީ-މެއިލް: [email protected]

 

05 ޖޫން 2024

05 ޖޫން 2024
ހޯދާ