ދިވެހިރާއްޖެ
އިޢުލާނު
ތިމަރަފުށީ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން
މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އިޖުތިމާއީ ސަރަހައްދުތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 10 ޖޫން 2024 ވާ ހޯމަދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި ބީލަންތައް ހުޅުވުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.