މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނަރުސް (އަންހެން)

މި ކޯޕަރޭޝަންގެ ފަރާތުން 1436ހ. ވަނަ އަހަރުގެ ރަމަޟާންމަހު ކުރާ ޢުމްރާ ދަތުރުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ބޭނުންވެގެން ކުރެވުނު އިޢުލާން MHCL/IUL/2015/21 އާގުޅިގެން ތިރީގައި މިދަންނަވާ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ މިމަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ނަރުސް (އަންހެން)

އަދަދު:

  • 01

ފެންވަރު ނުވަތަ ޝަރުޠު

  • ނަރުސް ކަމުގެ ސަނަދުއޮތުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  • އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.
  • ސަނަދުތަކުގެ ކޮޕީ

ސުންގަޑި:

20 މޭ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޤާމަށް ޝަރުޠު ފުރިހަމަ ކަމަށް ބަލާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުންތަކަށް ބެލުމަށް ފަހުއެވެ. ލިޔުން ހުށަނާޅާ ފަރާތްތައް ޝަރުޠު ފުރިހަމަ ނުވާކަމަށްބަލައި އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. 
  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
  • މިމަޤާމުތަކަށް ކުރިން އެޕްލިކޭޝަން ހުށައަޅުއްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށައަޅުވާކަށް ނުޖެހޭނެއެވެ.
  •  އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ

12 މޭ 2015
ހޯދާ