ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
05 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން:
1- މަޑުއްވަރީ ސްކޫލަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2- މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 ޖޫން 04 އިން 2024 ޖޫން 10 ގެ 14:00 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބީލަން ރަޖިސްޓްރީ ފޯމް" މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މެއިލްކުރައްވާ ނަމަ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. އަދި މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖޫން 12 ވަނަ ދުވަހުގެ 13:00 ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
4- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖޫން 25 ވަނަ ދުވަހުގެ 11:30 ގައި މި ސްކޫލުގެ މީޓިންގ ރޫމްގައެވެ.
5- މިބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
6- މިބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
7. ޕްރޮކިއުމަންޓް ސެކްޝަން
އޮފީސް: މަޑުއްވަރީ ސްކޫލް
ގުޅޭނެ ނަންބަރު: 6580146 / 6580171
އީމެއިލް އެޑްރެސް: [email protected]