މަޤާމުގެ މަސްއޫލިއްޔަތު:
|
- ލައިބްރަރީއަށް ލިބޭ /ހޯދާ ތަކެތި އެކްސެޝަންކޮށް، ކެޓަލޮގްކޮށް، ކްލެސިފައިކުރުމަށްފަހު، ޕްރޮސެސްކުރަން މުވައްޒަފުންނާ ހަވާލުކޮށް، މިތަކެތި ޕްރޮސެސްކޮށް، ޑިސްޕްލޭކޮށް އަދި ޢާންމުކޮށް ބޭނުންކުރެވޭ ނިޒާމެއްގެމަތިން ޝެލްފުކޮށް ބެލެހެއްޓޭތޯ ބެލުމާއި، ހަލާކުވެފައިހުންނަ ލައިބްރަރީ ފޮތް ފަދަ ތަކެތި މަރާމާތުކުރުން ނުވަތަ މަރާމާތުކުރަން ފޮނުވުން.
- ލައިބްރަރީގެ މުވައްޒަފުންނަށް މަސައްކަތާ ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ކޮލެޖުގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުމާއި، ސުޕަވައިޒްކުރަން ހަވާލުވެފައިތިބޭ މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް ބަލައި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކޮށް، ބަލަހައްޓާ މުވައްޒަފުން މަސައްކަތްކުރާގޮތުގެ ތަފްސީލް، ލައިބްރަރީ ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިއަކަށް ހުށަހެޅުން.
- މުވައްޒަފުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޑިއުޓީ ޓޭބަލްތައް ހަދައި، އެއް ހަފުތާ ކުރިއަށް ހުރިހާ ލައިބްރަރީތަކަށް ޕްރިންޓް ނުވަތަ އީމެއިލުގެ ޒަރީޢާއްޔާއިން އެތަކެތި ފޮނުވުން.
- ސުޕަވައިޒްކުރަން ހަމަޖެހިފައި ހުންނަ ލައިބްރަރީތައް ގަޑިއަށް ހުޅުވިފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީގެ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެމަތިން ކުރެވޭނޭގޮތް ރާވައި އިންތިޒާމް ކުރުން.
- ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ލައިބްރަރީގެ އޮންލައިން ކެޓަލޮގް ބޭނުންކޮށްގެން ފޮތްފަދަތަކެތި ހޯދަން ދަސްކޮށްދިނުމާއި، ޝެލްފުން ފޮތްތައް ހޯދުމުގައި އެހީތެރިވެދިނުމާއި، އެތަކެތި ލިބެންހުރި ލައިބްރަރީއެއް ހޯދައިދިނުމުގައި އެހީތެރިވެދިނުން.
- ލައިބްރަރީ ތެރޭގައި ޙައްލުކުރަންޖެހޭ މައްސަލަތަކާއި، ލައިބްރަރީ ބޭނުންކުރާފަރާތްތަކުން ހުށަހަޅާ ތަފާތު މައްސަލަތައް ލައިބްރަރީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ނުވަތަ އިދާރީ ސެކްޝަނާ ގުޅިގެން އަވަސް މުއްދަތެއްގެ ތެރޭގައި ޙައްލުކުރުމާއި، ޙައްލުނުކުރެވޭފަދަ މައްސަލައެއްނަމަ، އިސް ވެރިއަކާ ހަމައަށް މައްސަލަ ހުށަހެޅުން.
- ހުރިހާ ވަގުތެއްގައިވެސް ލައިބްރަރީގައި އަޑުގަދަ ވިޔަނުދީ، އަޑުގަދަވާނަމަ އަޑުމަޑުކުރުމަށް އަންގައި، އަޑު މަޑުނުވާނަމަ، އޮންނަ އުޞޫލެއްގެމަތިން ފިޔަވަޅުއެޅުން.
- ކުރަންޖެހިއްޖެ ޙާލަތެއްގައި ނުވަތަ ވެރިން އަންގަވައިފިނަމަ ސަރކިއުލޭޝަން ކައުންޓަރުގައި މަސައްކަތްކުރުން.
- ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓްކުރުމުގައި ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.
- އޮރިއެންޓޭޝަން ހަފުތާގައި ލައިބްރަރީ ބޭނުންކުރަން އަލަށް އަންނަ ފަރާތްތަކަށް ލައިބްރަރީން ދެވޭ ޚިދުމަތްތަކުގެ މަޢުލޫމާތު ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
- އެ މުވައްޒަފަކު މަސައްކަތްކުރާ ލައިބްރަރީނޫން އެހެން ލައިބްރަރީތަކުގައި ހަމަޖެހިފައިވާ އުޞޫލަކުން މަސައްކަތްކުރުން.
- ޤަވާޢިދުން ޔައުމިއްޔާ ލިޔޭތޯ ބެލުމާއި، ލައިބްރަރީ މުވައްޒަފުންގެ އިތުރުގަޑީފޮތާއި، ސްޓޫޑަންޓް ލައިބްރަރީ އެސިސްޓަންޓުންގެ ކޮންޓްރެކްޓް/ހާޒިރީ ރިޕޯޓް ފޮނުވުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގައި އެހީތެރިކަންދިނުން.
- ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް، ވެރިން އަންގަވާގޮތެއްގެމަތިން އެހެން މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
25 ރަޖަބު 1436
|