ދިވެހިރާއްޖެ
މި ކުންފުނިން ނައްތާލަން ބޭނުންވާ، ބައުދަގަނޑު،ކަޅުތެޔޮ އަދި ޓަޔަރު ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
މުދަލުގެ ބާވަތް |
|
1. |
މަޢުލޫމާތު ސާފުކުރުން
|
09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 09:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން. މަޢުލޫމާތު ބައްދަލުވުން އަދި ސައިޓް އިންސްޕެކްޝަން 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އެމްޕީއެލް ހެޑް އޮފީހުގައި. (އެމްޕީއެލް ސަރަހައްދަށް ވަދެވޭނީ ވެސްޓް، ހެލްމެޓް އަދި ބޫޓުގައިކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.)
(ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު އައިޓަމްތަކަށް ވަކިން ތިރީގައިވާ ގޮތަށް އަގު ހުށަހެޅުމަށް ދަންނަވަމެވެ.
(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039256 އަށެވެ.