ދިވެހިރާއްޖެ
ނ. މަނަދޫ އިން ވިޔަފާރި ޢުސޫލުން ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރުން
ނ. މަނަދޫއިން ވިޔަފާރި ޢުސޫލުން ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލު ތިރީގައި އެވަނީއެވެ.
- ބިމުގެ މުއްދަތު: 20 (ވިހި) އަހަރު
- ބިމުގެ ބޮޑުމިން: 2186 ( ދެހާސް އެއްސަތޭކަ އަށްޑިހަ ހައެއް ) އަކަފޫޓު
- ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 01 (އެކެއް) ބިން
މިބިން ކުއްޔަށް ނެގުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ވީމާ ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މި އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1445 K 27
04 ޖޫން 2024