ދިވެހިރާއްޖެ
މި ކޮމެޓީގެ ފަރާތުން ރ. އަލިފުށި ކަނބަލުންނަށް ހުޅުވާލައިގެން "އ.ތ.މ ކޮމެޓީ ވޮލީމުބާރާތް 2024" މުބާރާތެއް ބޭއްވުމަށް ކުރެވުނު 31/2024/298/298 (IUL)އަދި 42/2024/298/298(IUL) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.
މި ކޮމެޓީގެ ފަރާތުން ރ. އަލިފުށި ކަނބަލުންނަށް ހުޅުވާލައިގެން 2024 ޖޫން 23 ގައި ބާއްވާ "އ.ތ.މ ކޮމެޓީ ވޮލީމުބާރާތް 2024" ގައި ބައިވެރިވުމަށް އަލުން އިއުލާނު ކުރަމެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2024 ޖޫން 9 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. އަދި ކުރިން ކޮށްފައިވާ އިއުލާންތަކާއި ގުޅިގެން މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ ޓީމުތަކުން އަލުން (މި އިޢުލާނާއި ގުޅިގެން) ފޯމު ލާން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާ 09 ޖޫން 2024 ގެ 14:00 ގެ ކުރިން އަލިފުށި ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅަހަޅާ ފޯމު ސަރުކާރު ރަސްމީ ގަޑީގައި އަލިފުށި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
27 ޛުލްޤައިދާ 1445