ދިވެހިރާއްޖެ
ގދ. ފިޔޯރީ ވޮލީކޯޓުގެ ރޮސްޓަމްގެ ސްޓޭޖު މަރާމާތް ކުރަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި ބާއްވާ މައުލޫމާތު ސެޝަނުގައި ބައިވެރިވުން އެދެމެވެ. މައުލޫމާތް ސެޝަން އޮންނާނީ ފިޔޯރީ ވޮލީކޯޓުގައެވެ. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މައުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ޖޫން 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 12 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]
4 ޖޫން 2024