މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                         ސްކޫލް ހެލްތު އޮފިސަރ

މަޤާމުގެ ގިންތި:                    ދާއިމީ

މަޤާމުގެ ރޭންކް:                    ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:               އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

ބޭނުންވާ އަދަދު:                    1 (އެކެއް)

މުސާރަ:                        -/5020 ރުފިޔާ

ސަރވިސް އެލަވަންސް:                -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                   މުކުރިމަގު ސްކޫލް/ލ.ގަން-މުކުރިމަގު

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:            އެކަޑަމިކް ސެކްޝަން، މުކުރިމަގު ސްކޫލް

މުސާރައިގެ އިތުރު ދެވޭ އުޖޫރަތައް:

ހަމަޖެހިފައިވާ ޢުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބަލިވެގެން ހެލްތުރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުމާއި، އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި، ގެއަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑްކުރުމަށްފަހު އެކުދިން ގެއަށް ފޮނުވުން.

2. ޞިއްޙީ ޕްރޮގްރާމްތައް ސްކޫލުގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން.

3. ސްކޫލުގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާ ކަމަކުން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ، ސްކޫލުގެ އިދާރާއާ ގުޅިގެން އެކަން ހަމަޖެއްސުން.

4. ހެލްތު ރޫމަށް ބޭނުންވާ ތަކެތި ސްކޫލުގެ އިދާރާއާ ގުޅިގެން ހޯދުމާއި، ހެލްތުރޫމު ބަލަހައްޓައި، އެތަނުން ލިބެންވާ ފަސްޓްއެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

5. ދުވާލަކު އެއްފަހަރު ސްކޫލުގެ ހުރިހާ ފާޚާނާތަކެއް ޗެކުކޮށް، މަސައްކަތު މީހުން ލައްވާ ސާފުކުރުވުން.

6. ސްކޫލުން ރާވާ އެކިއެކި ހަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ، ފަސްޓްއެއިޑް ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތް ދިނުން.

7. ވާރޭ ފެންތާނގީތަކުގެ ސާފުތާހިރުކަން ބަލައި، ފެން ޗެކްކުރުމާއި، ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8. ދަރިވަރުންގެ ހެލްތު ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ސްކޫލް ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓް ތައްޔާރުކޮށްފައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

9. އޮފީހުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:                                              

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ޞިއްޙަތު، އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.            

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 13.00 އެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަވިއު އޮންނާނީ، ސުންގަޑި ހަމަވާ ތާރީޚުގެ 2 ދުވަހުގެ ފަހުން، ލ. ގަމު މުކުރިމަގު ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް ފޯމު ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

6. އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުން.

7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުން އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިސްކޫލުގެ 7970739 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ