ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: B2/2015/28-ފ373 (28 އެޕްރީލް 2015) އިޢުލާނުގައިވާ، 1436 ވަނަ އަހަރުގެ ރަމަޟާންމަހަށް މިރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން ތިރީގައިމިވާ ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރަން މީހުން ހާޒިރުވެފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތި:
- 1 ފެން މޯޓަރ
- 12 އެނާޖީސޭވް ލައިޓް 23 ވޯޓްގެ
- 6 ސީލިންގ ފަންކާ އޮރިއެންޓް 1200މމ ގެ
- 1 ވައިލަސް މައިކް
- 1 ނަމާދު ވަގުތު ބަލާ ގަޑި
- 8 ސްޓޭންޑް ފަންކާ
- 12 ފައިފުހި (މޮޅު)
- 11 ފެން އިސްކުރު (މޮޅު)
- 4 މުސައްލަ ބޮޑު (މޮޅު)
- 2 ސްޕީކަރު
- 5 ފާޓާ ހުދުކުލަ (މޮޅު) 20 ލީޓަރުގެ (މިސްކިތުގެ އެތެރޭގައި ލުމަށް)
- 4 ރޯލަރ 10 އިންޗީގެ
- 6 ރޯލަރ 4 އިންޗީގެ
- 10 ލީޓަރ ދަވާދު (ހުދު)
- 1 ރޯލް ހޮޅި 6 ސޫތުގެ (ނޫކުލަ)
- 12 އެނާޖީސޭވް ލައިޓް 40 ވޯޓްގެ
- 1 ރޯލް ފްލޯމެޓް
- 1 ލޯގަނޑު ފާރުގައި ހަރުކުރާ
- 2 މޭޒު
ވީމާ، މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 މޭ 18 ވާ ހޯމަ ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ރަޖަބު 1436