ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/48
އިޢުލާން
ހަނިމާދޫ ބަނދަރު ބޭނުންކުރުން.
ހަނިމާދޫގައި ތަރައްޤީކޮށްފައިވާ ބަނދަރު ބޭނުންކުރުމާއި ބެހޭގޮތުން މިއިދާރާއިން އެކަށައަޅާފައިވާ އުޞޫލުގައިވާގޮތުގެ މަތީން އުޅަނދު ފަހަރަށްވާނީ "ބޯސާ" ދޫކުރެވިފައެވެ. ނަމަވެސް މިހާރަކަށްއައިސް އެއްވެސް އުޞޫލެއްނެތި އުޅަދުތައް އެމީހަކު ހިތަށްއެރިގޮތަކަށް ބަނދަރުގައި ބާއްވަމުންދާތީ ދަންނަވަމެވެ. އެއްވެސް އުޅަނދެއް އެއުޅަނދަކަށް ދޫކުރެވިފައިވާ ފައްތިޔާ (ބޯސާ) ލުގައި ނޫންގޮތަކަށް އަޅާފައި ނުބޭއްވުމަށާއި، ބަނދަރަށް ލަފާ ފުރާ ފަރާތްތަކުންވެސް ޢަމަލު ކުރަންވާނީ އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެކެވެ. އަދި ޓީ ޖެޓީއިން މުދާ އަރުވާ ބޭލުމުގައި ނޫންގޮތަކަށް އުޅަނދު ފަހަރު ޓީޖެޓީގައި އަޅާފައި ނުބޭއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބަނދަރު ބޭނުން ކުރުމުގެ އުޞޫލުގައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއްގެ ހުއްދަ ކައުންސިލުން ލިޔުމުން ހޯދަންވާނެއެވެ.
މިއުޞޫލާއި ޚިލާފަށް ހުރި އުޅަނދުތައް 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ނަގާ ނިންމަން ވާނެއެވެ. މި މުއްދަތަށް ނުނަގާހުރި އުޅަނދު ފަހަރާއި މިއުޞޫލާއި ޚިލާފުވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް "މޯލްޑިވްސް ޕޮލިސް ސާރވިސަސް" މެދުވެރިކޮށް، އަދި ބަނދަރު ބަލައްޓާ މިއިދާރާގެ މުވައްޒަފުން މެދުވެރިކޮށް އަޅަމުންދާނެ ކަމުގައި ދެންނެވީމެވެ.
އަދި ބަދަނރު ހެޔޮގޮތުގައި ބޭނުން ކުރުމަށްޓަކައި، ބަނދަރު ބޭނުންކުރާ ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން މިއިދާރާއަށާއި، ބަނދަރު ބަލަހައްޓާ މިއިދާރާގެ މުވައްޒަފުންނަށް ވަރަށްބޮޑަށް ބޭނުންވާތީ، ބަނދަރުގެ ބޭނުންކުރާ ހުރިހާ ފަރާތްތަކަކުންވެސް މިކަމުގައި އެއްބާރުން ދެއްވުން އެދި ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޛުލްޤާޢިދާ 1445
04 ޖޫން 2024