| 
 މަޤާމުގެ ނަން: 
 | 
 ގްރެފިކް ޑިޒައިނަރ   
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ޤިންތި:  
 | 
 ދާއިމީ 
 | 
| 
 ރޭންކް: 
 | 
  (އައި.ޓީ 1)  
 | 
| 
 ކްލެސިފިކޭޝަން: 
 | 
 އައިޓީ ސަޕޯޓް ޓެކްނީޝަން 
 | 
| 
 މުސާރަ: 
 | 
 މަހަކު6,720.00 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު  3,500.00ރުފޔާ 
 | 
| 
 ނޮން ޕްރެކްޓިސް އެލަވަންސް: 
 | 
 މަހަކު  3,024.00ރުފިޔާ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:       
 | 
 މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން (ހެޑްއޮފީސް) 
 | 
| 
 ފެންވަރު ނުވަތަ ޝަރުތު:             
 | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދު ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވަލް 03 ގެ ސަނަދު ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރުގެ ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސްފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
 
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
 
  | 
| 
 މަޤާމުގެ މަސްޢޫލިއްޔަތު: 
  
 | 
- ޕޯސްޓަރު، ބެނަރ، ބެކްޑްރޮޕް ފޮތް ފަދަ ތަކެތި ޑިޒައިން ކުރުން.
 
- ލޯގޯ އާއި ގުޅުން ހުރި އަރޓްވޯކްތައް އިނޮވޭޓިވް ގޮތަކަށް ޑިޒައިންކުރުން.
 
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކި ބޭނުންތަކަށް ފޮޓޯ އެޑިޓްކޮށް ލޭއައުޓް ޑިޒައިން ކުރުން
 
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިވެންޓްތައް ވީޑިއޯ ކުރުން އަދި ފޮޓޯ ނެގުން.
 
- އެކި މުނާސަބަތުތަކަށް ސޯޝަލް މީޑިއާ ޕޯސްޓް ޑިޒައިންކުރުން.
 
  | 
| 
 މަޤާމާއި ގުޅޭ ދާއިރާ: 
 | 
-  މީޑިއާ، ޕަބްލިކް ރިލޭޝަންސް
 
 
 | 
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް: 
 | 
- ގްރެފިކްސް ޑިޒައިނިންގ، މާކެޓިންގ، މީޑިއާ، ޕަބްލިކް ރިލޭޝަންސް  
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: 
 | 
- ތަޢުލީމީ ފެންވަރު
 
- ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް
 
- މަސައްކަތު ތަޖުރިބާ
 
- މަސައްކަތަށް ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  
 | 
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
 
- (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
 
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
 
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
 
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
 
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
 
- ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)
 
  |