ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް. ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ގުޅޭ:

އިޢުލާން

2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ގުޅޭ:

2024 ވަނަ އަހަރުގެ ސެޕްޓެންބަރު/އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2024 ޖޫން 03 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާެ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

 

04 ޖޫން 2024
ހޯދާ