ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ ނަމްބަރު GS-65-B/IUL/2024/005 ) 21 މާރިޗު 2024 ) އިއުލާނާއި ގުޅިގެން މިމަސައްކަތަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ތިރީގައި ދެންނެވިފައިވާ އިމާރާތްތަކުގެ ދޮރުކަނިތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- އޮފީސް އިމާރާތު 1 ދޮރުކަނި
- ކުލާސްރޫމް 15 (ގްރޭޑް 11) 1 ދޮރުކަނި
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 09 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
1- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
3- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.