ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލުގެ އެސެމްބްލީ ބާއްވާ ސަރަޙައްދުގައި ސަންނެޓު ދެމުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާ ފޯމު މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ބީލަންތައް ހުޅުވުން |
12 ޖޫން 2024 |
ބުދަ |
13:30 |
ނޭކުރެންދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް |
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.