މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                          މަސައްކަތު

މަޤާމުގެ ގިންތި:                     ދާއިމީ         

މަޤާމުގެ ރޭންކް:                     އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:               ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު:                    1 (އެކެއް)

މުސާރަ :                        -/3100 ރުފިޔާ

ސަރވިސް އެލަވަންސް:                 -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:           މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީސްތެރެ ސާފުކުރުމާއި ހޫވަރ އެޅުން.
  2. އޮފީހާއި، އޮފީހުގެ ފަރުނީޗަރާއި، ދޮރުފަތް ފަދަ ތަކެތި ފޮޅައި ސާފުކުރުން.
  3. ބޯޑުގެ ބައްދަލުވުންތަކާއި، ޕެނަލްގެ ހުރިހާ ބައްދަލުވުންތަކަށް، ޖަލްސާކުރާ ކޮޓަރި ތައްޔާރުކޮށްދިނުން.
  4. ބޯޑުގެ ބައްދަލުވުންތަކާއި، ޕެނަލްގެ ހުރިހާ ބައްދަލުވުންތަކަށް، ސައި/ބުއިން ތައްޔާރުކޮށްދިނުން.
  5. އެކިފަރާތްތަކަށް އޮތޯރިޓީން ދައްކަންޖެހޭ ފައިސާ ހަވާލުކުރުމާއި، ސިޓީފަދަ ތަކެތި ބެހުން.
  6. ކޮންމެ ދުވަހަކު، އޮފީހުގައި އުފެދޭ ކުނިތައް، ކުނިއުކާލާ ފަރާތާ ހަވާލުކުރުން.
  7. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހޯދަން އަންނަ ޚިދުމަތްތަކާބެހޭ އެންމެހައި އެޕްލިކޭޝަންތައް ފައިލްކުރުމަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު                                               

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި، ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.                      

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2 ޖޫން 2015 އާއި 10 ޖޫން 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 24 ވަނަ ދުވަހުގެ 14:30

ނޯޓް: 

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3344077 ނަންބަރު ފޯނަށް ނުވަތަ 3346023  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

25 ރަޖަބު 1436

14 މޭ 2015
ހޯދާ