މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތަކަށް ރަށުންބޭރުން ގެނެވޭ ފަރާތްތަކާއި، އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެ

1445ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތަކަށް ރަށުންބޭރުން ގެނެވޭ ފަރާތްތަކާއި، އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

1445ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތަކަށް ރަށުންބޭރުން ގެނެވޭ ފަރާތްތަކާއި، އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. (މަސައްކަތުގެ މައުލޫމާތު ޝީޓު އަދި އަގު ހުށަހަޅާ ފޯމް އިއުލާނާއި އެކު ހިއްސާ ކުރެވިފައިވާނެއެވެ.)

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

  26 ޛުލްޤައިދާ 1445

03 ޖޫން 2024
ހޯދާ