ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ ދެކުނުފަރާތު ހިއްކި ބިމުގައި ސްޓޯރޭޖާއި، ކޮންސްޓްރަކްޝަން އަދި ރިޕެއަރ މަސައްކަތް ކުރުމާއި، ތެޔޮ ބަންކަރިންގް ފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ބިން ދޫކުރުމާއި ބެހޭ

އިޢުލާން

ފާދިއްޕޮޅު ހިންނަވަރުގެ އަލަށް ހިއްކި ފަސްގަނޑުގެ ދެކުނު ފަރާތުގައި، ސިނާޢީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ބިމުގެ ހުޅަނގު ކޮޅުން ސްޓޯރޭޖާއި، ކޮންސްޓްރަކްޝަން އަދި ރިޕެއަރ މަސައްކަތް ކުރުމާއި، ތެޔޮ ބަންކަރިންގް ފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް،49251.499  އަކަފޫޓްގެ ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކަށެވެ. ވީމާ މި ބިން ކުޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް     11 ޖޫން 2024 ވާ އަންގާރަދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 15 ޖުލައި 2024 ވާ ހޯމަދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

03 ޖޫން 2024
ހޯދާ