ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫގައި 1445 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ފޯމާލި ކުޅެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ހއ.ފިއްލަދޫގައި 1445 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ފޯމާލި ކުޅެދޭނެ ފަރާތެއް ފަރާތެއް ހޯދަން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށައެޅުއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/e/1FAIpQLScnNSp4uDHsj-aRjTz3lfi-5cZk88drpP7HyQept9bil4PtPg/viewform?usp=pp_url
ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ބީލަން ރަޖިސްޓްރީ ކުރުން |
06 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެކުރިން |
ޕްރީ- ބިޑް ބައްދަލުވުން |
ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ |
ބީލަން ބަލައިގަތުން |
09 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެކުރިން |
ބީލަންތައް ހުޅުވުން |
09 ޖޫން 2024 ވަނަދުވަހުގެ 13:05ގައި ހއ.ފިއްލަދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.