ދިވެހިރާއްޖެ
HDC(161)-ACF/IU/2024/114 :ނަންބަރ
މިކޯޕަރޭޝަނުގައި ހުރި ބައުތަކެތި ވިއްކާލުމާ ބެހޭ
މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ގިނަދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް މުދާ ނީލަންކިއުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
1- ނީލަންކިޔާ ތަކެތި ބެލުމާއި މަޢުލޫމާތު ސާފުކުރުން:
ނީލަންކިޔަން ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، ނީލަންކިޔާތަކެތި ދެއްކުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގެ މުނިސިޕަލް ސައިޓްއަށް )އެމް.އެސް.އޯ) ޙާޒިރުވާ ފަރާތްތަކާއެކު، 9 ޖޫން 2024، ވާ ދުވަހުގެ ހެދުނު 10:00 އެވެ.
2- ވިއްކާލަން ހަމަޖެހިފައިވާ ތަކެތި ބެހިފައިވާ ލޮޓް ތަކުގެ ތަފްޞީލް
ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގައި ކުރިން ބޭނުންކުރެވި ހަލާކުވެފައިވާ ދޯންޏަކާއި އިންޖީނު އަދި އެކިކަހަލަ ކޮންޕިއުޓަރު ފަދަ ތަކެއްޗާއި އެހެނިހެން ސާމާނެވެ. ވިއްކާލުމަށް ހަމަޖެހިފައިވާ މުދަލުގެ ފުރިހަމަ ތަފްސީލް ޝީޓް ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ ލޮޓަކަށްވެސް ވަކި ވަކިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
ލޮޓް 1 – އޮފީސް ފަރުނީޗަރު އަދި އިކިއުޕްމަންޓް |
|
ގޮނޑި ، ޕާޓިޝަން ، ވަތްގަނޑު އަދި އެހެނިހެން އޮފީސް ފަރުނީޗަރު |
1 |
ޕްރިންޓަރ ، ސްކޭނަރ ، ޓީވީ އަދި އެހެނިހެން އޮފީސް އިކިއުޕްމަންޓް |
2 |
އޭސީ އިންޑޯ އަދި އައުޓްޑޯ |
3 |
ލޮޓް 1 ފަށާއަގު = 15،000 ( ފަނަރަ ހާސް ރުފިޔާ ) |
ލޮޓް 2 – ބައު ދަނގަޑު ފަދަ ތަކެތި |
|
ދަގަނޑު ޑަސްޓްބިން |
1 |
ކަފާފަ ހުރި ދަގަނޑު |
2 |
ދަގަނޑު ސްޓްރަކްޗާ |
3 |
ދަގަނޑު ތާންގި |
4 |
މެޝިނެރީ |
5 |
ސްކްރެޕް ދަނގަޑު |
6 |
ލޮޓް 2 ފަށާއަގު = 500،000 ( ފަސްލައްކަ ރުފިޔާ ) |
ލޮޓް 3 – ސައިކަލު |
- |
ސައިކަލު ޕާރޓްސް (ރީ ރަޖިސްޓްރީ ނުކުރެވޭނެ) |
4 |
ލޮޓް 3 ފަށާއަގު = 8،000 ( އައްހާސް ރުފިޔާ ) |
ލޮޓް 4 - ޓަޔަރު |
- |
ބައު ޓަޔަރު |
1 |
ލޮޓް 4 ފަށާއަގު = 5،000 ( ފަސްހާސް ރުފިޔާ ) |
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނީލަން މައުލޫމާތު ކަރުދާސް
އިޢުލާން ނަންބަރ: HDC(161)-ACF/IU/2024/114
ތާރީޚް: 2 ޖޫން 2024
ނީލަމުގެ ސުރުޚީ: ބައުވެ ހަލާކުވެފައިވާ މުދާ ނީލަމުގައި ވިއްކާލުން
ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ އިރުޝާދު
|
ތަފްސީލް |
1.0 |
ނީލަމުގެ މަޢުލޫމާތު |
1.1 |
ނީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއްވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ. |
1.2 |
ނީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު ތާރީޚް: 12 ޖޫން 2024 ގަޑި: 10:00 (ހެނދުނު) |
1.3 |
ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ ތިރީގައި ބަޔާން ކުރެވިފައިވާ ދުވަހު، ދެވިފައިވާ އެޑްރެހުގައެވެ. ތާރީޚް: 9 ޖޫން 2024 ގަޑި: 10:00 (ހެނދުނު) އެޑްރެސް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް ، ހުޅުމާލެ. |
1.4 |
ނީލަމުގައި ބައިވެރިވާން އަގު ހުށައެޅޭނީ ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. |
1.5 |
ނީލަމުގެ ބައިވެރިން ނީލަން ހުށައެޅުމަށް ހާޒިރުވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަހާއި ދެވިފައިވާ އެޑްރެހަށެވެ. ތާރީޚް: 12 ޖޫން 2024 ގަޑި: 10:00 (ހެނދުނު) އެޑްރެސް: ފައިނޭސް މީޓިން ރޫމް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހެޑް އޮފީސް، ދެވަނަ ފަންގިފިލާ، ހުވަނދުމާ ހިނގުން، ހުޅުމާލެ. |
1.6 |
ނީލަމުގައި ބައްލަވައިގަންނަ ތަކެތި ހުރި ތަންތަނުން ގެންގޮސް ހުސްކުރުމާއި ތަން ސާފުކުރުމުގެ ޚަރަދު ކުރަންވާނީ ނީލަން ކާމިޔާބު ކުރާ ފަރާތުންނެވެ. |
1.7 |
ނީލަމުގެ ބައިވެރިން ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު އެއްވެސް ފަރާތެއް ނީލަމުގައި ބައިވެރި ނުކުރެވޭނެއެވެ. ނީލަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ނީލަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ. |
|
|
2.0 |
ރަޖިސްޓްރީވާން ހުށައަޅަންޖެހޭ ލިޔުން |
2.1 |
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ދީފައިވާ ގަޑީގެކުރިން، ރަޖިސްޓްރީވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިކޯޕަރޭޝަނަށް ހުށަހެޅުންއެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މިކޯޕަރޭޝަންގެ ވެބްސައިޓް އަދި ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ. |
2.2 |
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދީފައިވާ ގަޑީގެ ކުރިން، ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.
|
2.3 |
ނީލަމުގައި ރަޖިސްޓްރީވުމަށް ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް މަދު ނަމަ، ނުވަތަ ފޯމުގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނޫންނަމަ، އެފަރާތެއްގެ ފޯމް ބާތިލްކުރެވޭނެއެވެ. |
2.4 |
ނީލަމުގައި ބައިވެރިވުމަށް ހުށައަޅާ ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ބަންދުކުރެވިފައިވާ އެއް (1) ސިޓީއުރައިގައެވެ. |
2.5 |
ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއެކު "ނީލަމުގައި ރަޖިސްޓްރީވުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. |
|
|
3.0 |
ސެކިއުރިޓީ ޑިޕޮސިޓް |
3.1 |
އަގު ހުށައަޅާ ފަރާތްތަކުން ނީލަމުގެ ސުންގަޑި ހަމަވުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި ލޮޓް 2 - -/250،000 ރުފިޔާ (ދެލައްކަ ފަންސާސް ހާސް ރުފިޔާ) ދައްކަންވާނެއެވެ. ލޮޓް 3 - -/250،000 ރުފިޔާ (ދެލައްކަ ފަންސާސް ހާސް ރުފިޔާ) ދައްކަންވާނެއެވެ. |
3.2 |
ނީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ރީފަންޑް ކުރުމަށް 30 (ތިރީސް) ދުވަސް ތެރޭގައި ހުށައަޅަންވާނެއެވެ. މި 30 (ތިރީސް) ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. މިމުއްދަތުގެ ތެރޭގައި ޑިޕޮސިޓް ނެގުމަށް ހުށަނާޅާ ފަރާތްތަކުގެ ސެކުއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް އިދާރީ ފީއެއްގެ ގޮތުގައި ނެގޭނެއެވެ. |
3.3 |
މިކޯޕަރޭޝަނުން އިޢުލާންކުރާ އެހެން ނީލަމަކަށް ޑިޕޮސިޓް ދެއްކުމަށް ނުވަތަ މިކޯޕަރޭޝަންގެ އެހެން ޚިދުމަތަކަށް ފައިސާ ދެއްކުމަށް މިފައިސާ ބޭނުން ނުކުރެވޭނެއެވެ. |
3.4 |
ނީލަން ކާމިޔާބުވާ ފަރާތުން މުދަލަށް ފައިސާ ދެއްކުމަށް އަދި މުދާ ގެންދިއުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަ ސެކިއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް ނެގޭނެއެވެ. |
|
|
4.0 |
ނީލަމުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު |
4.1 |
ނީލަން ހުޅުވޭނީ ނީލަމުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ ހާޒިރުގައެވެ. |
4.2 |
ނީލަން ކިޔުމުގައި ބައިވެރިވާ ފަރާތްތަކަށް ވަކިވަކި ލޮޓްތަކަށް ނީލަން ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. |
4.3 |
ނީލަން ކުރިއަށް ގެންދެވޭނީ ނީލަންކުރުމަށް ކުރެވޭ ފުރަތަމަ އިޢުލާނުގެ ދަށުން މަދުވެގެން 3 (ތިނެއް) ބައިވެރިން ހަމަވުމުންނެވެ. ދެވަނަ އިޢުލާނުގައި 2 (ދޭއް) ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ. ތިންވަނަ އިޢުލާނުގައި 1 (އެކެއް) ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ. |
4.4 |
ނީލަން ނިމުމަށްފަހު ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބުވިކަމުގެ ލިޔުން ހަވާލު ކުރެވޭނެއެވެ. |
4.5 |
ނީލަން ފަށާފަހުން ހާޒިރުވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެއެވެ. |
|
|
5.0 |
ނީލަމުން ނަގާ ތަކެއްޗަށް ފައިސާ ދެއްކުން |
5.1 |
ނީލަން ކާމިޔާބުކުރާ ފަރާތަށް ލިޔުމުން އެކަން އަންގާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި ފައިސާ ދެއްކުމުން ފައިސާ ދެއްކިކަމުގެ ރަޝީދު އެފަރާތާ ހަވާލު ކުރެވޭނެއެވެ. |
5.2 |
ނީލަމުން ނަގާ ތަކެއްޗަށް އިންވޮއިސް ހެދޭނީ ނީލަން ކާމިޔާބުކުރި ފަރާތުގެ ނަމުގައެވެ. އެހެން ފަރާތަކުން ފައިސާ ދެއްކިނަމަވެސް އެފަރާތުގެ ނަމުގައި އިންވޮއިސް ނުހެދޭނެއެވެ. |
5.3 |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، ދެވަނައަށް އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ނުވަތަ ދެވަނައަށް އެންމެ ބޮޑު އަގެއް ހުށައެޅި ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
|
5.4 |
5.3 ވަނަ މާއްދާގައިވާ އެހެން ބަޔާންވެފައި ވީނަމަވެސް، ނީލަން ކާމިޔާބު ކުރާ ފަރާތުން ފައިސާ ނުދައްކައިފިނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަންއަށް ލިބިގެންވެއެވެ. |
5.5 |
ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 14 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. 14 ދުވަސް ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. |
|
|
6.0 |
ނީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް |
6.1 |
ނީލަން ކިޔާ ވަގުތުގައި މަސައްކަތައް އުދަގޫވާގޮތަށް އަޑުގަދަކޮށް ވާހަކަ ދައްކާ ހަދައިގެން ނުވާނެއެވެ. މިފަދައިން ޢަމަލުކުރާ ފަރާތްތައް ނީލަމުގައި ބައިވެރިނުކޮށް ނީލަން މާލަމުން ފޮނުވާލުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ. |
|
|
7.0 |
ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެއްޗާއި ޙަވާލުވުމާއި ގެންދިޔުން |
.17 |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމުމަށްފަހު، ފައިސާ ދައްކާފައިވާ ތަކެއްޗާއި 48 ގަޑިއިރު ތެރޭގައި ޙަވާލުވެ، ތަކެތި ހުރިތަނުން ގެންދިއުމުގެ އަމަލީ މަސައްކަތް ފަށަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. |
7.2 |
ނީލަމާ ގުޅިގެން މިކޯޕަރޭޝަނުން ކުރާ ފުރަތަމަ އިޢުލާނުގައި ބަޔާންކުރާ މުއްދަތު ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ. |
7.3 |
ތަކެތި ގެންދިޔުމާއި ތަން ހުސްކުރުމުގެ މަސައްކަތުގެ މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް ލަފާކުރެވޭނަމަ، ކުރިން ދެވިފައިވާ މުއްދަތު ހަމަވުމުގެ 3 ދުވަސް ކުރިން އެދެންވާނެއެވެ. |
7.4 |
އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތު މަގުބޫލު އުޒުރެއްނެތި އިތުރުކުރުމުގެ ފުރުސަތަކައް ނޭދެވޭނެއެވެ. |
7.5 |
ނީލަމުގައި ގަންނަ ތަކެތި ގެންދިޔުމުގެ ހުރިހާ ޚަރަދަކަށް ޒިންމާވާނީ ނީލަން ކާމިޔާބުކުރާ ފަރާތްތަކުންނެވެ. |
|
|
8.0 |
ފައިސާ ނުދައްކާ ފަރާތްތަކާއި ތަކެތި ނުގެންދާ ފަރާތްތަކާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް |
8.1 |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުގެ ތެރެއިން، ތަކެއްޗަށް ފައިސާ ދެއްކުމަށް ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަށް އަދި ފައިސާ ދެއްކުމަށްފަހު ބަޔާންކޮށްފައިވާ ފަދައިން ތަކެތި ނުގެންދަވާ ފަރާތްތަކައް ތިރީގައި މިދަންނަވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ ފަރާތެއްގެ ސަސްޕެންޝަނުގެ މުއްދަތު ހަމަނުވަނީސް މިކޯޕަރޭޝަނުގެ ފަރާތުން ހުޅުވާލާ އެއްވެސް ނީލަމެއްގައި އަދި ބީލަމެއްގައި ބައިވެރި ނުވެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ނީލަމުގެ ތަކެތި ބަހައްޓާފައި ހުންނަ ސަރަޙައްދަކަށް އެފަދަ ފަރާތްތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދާނެއެވެ.
ފިޔަވަޅު އެޅޭ މުއްދަތުތައް: 3،000.00 އިން 10،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 6 މަސްދުވަސް. 10،001.00 އިން 50،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 12 މަސްދުވަސް. .0050،001 އިން .00100،000 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 18 މަސްދުވަސް. .00100،001 އިން 300،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 24 މަސްދުވަސް. .00300،001 ރުފިޔާއަށްވުރެ އިތުރުވާނަމަ މި ކޯޕަރޭޝަނުން ކަންޑައާޅާ މުއްދަތެއް. |
8.2 |
މިމާއްދާގެ 3.5 ގައިވާ ގޮތުގެ މަތިން ނީލަން ކާމިޔާބުކޮށް، ދެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަ ސެކުއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިކޯޕަރޭޝަނަށް ނެގޭނެ ވާހަކަ ދަންނަވަމެވެ. |
8.3 |
މި އިޢުލާނުގައި ލިސްޓު ކުރެވިފައިވާ އެއްވެސް އުޅަދެއްގެ ރަޖިސްޓްރީ ބަދަލު ނުކުރެވޭނެ ކަމުގައި ދަންނަވަމެވެ. |
އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 3355345 ނަންބަރު ފޯނާ ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |