ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ:
ދ.ކުޑަހުވަދޫ ބައު ހުކުރުމިސްކިތުގެ ފުރާޅުގެ ޓިނު ނަގައި މަތިވަޑާންގަނޑު މަރާމާތު ކުރުމަށްފަހު އާ ޓިނުޖެހުމަށް ކުރި މިއިދާރާގެ ނަންބަރު: B-381/I-2015/20ފ(22 އެޕްރީލް 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ އަދަދަށް ޝަރުޠު ހަމަނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ދ.ކުޑަހުވަދޫ ބައު ހުކުރުމިސްކިތުގެ ފުރާޅުގެ ޓިނު ނަގައި މަތިވަޑާންގަނޑު މަރާމާތުކުރުމަށްފަހު އާ ޓިނުޖެހުމަށް މިއިދާރާއިން ބޭނުންވާތީ، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
- މަސައްކަތްތައް
1- މުޅި ފުރާޅުގެ ޓިނު ނަގައި މަތިވަޑާންގަނޑު މަރާމާތުކުރުމަށްފަހު އާ ޓިނު ޖެހުން
2- ދިޔަދޮވި ހަރުކުރުން
3- ސީލިންގު މަރާމާތުކުރުން
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުދިނުން އޮންނާނީ 2015 މޭ 17 ވަނަ ދުވަހުގެ 13:00 ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 މޭ 20 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
70% |
މުއްދަތު |
10% |
މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރުހުރުން |
10% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
10% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ރަޖަބު 1436