ދިވެހިރާއްޖެ
އިޢުލާން
ވޭޖް އުސޫލުން ކުނިކޮށްޓައް ޑްރައިވަރެއް ހޯދުމަށް |
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ށ. މިލަންދޫ ކުނިކޮށީގައި ޑްރައިވަރގެ މަސައްކަތް ކުރުމަށް 7 މަސް ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
މަޤާމް: |
ކައުންސިލް އެސިސްޓެންޓް |
ބޭނުންވާ ޢަދަދު: |
1 (ހައެއް) |
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 7 މަސްދުވަސް |
ވަޒީފާއަދާ ކުރަންޖެހޭ ތަން: |
ށ. މިލަންދޫ ކުނިކޮށި / ށ. މިލަންދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
- މަސައްކަތްކުރާ ގަޑިއަކަށް 00.31 (ރުފިޔާ) |
މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު |
ދުވާލަކު 8 ގަޑިއިރު ހަފްތާގެ 7 ދުވަސް |
މަޤާމުގެ ޝަރުތުތައް: |
މަޤާމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން (އެއްގަމު އުޅަނދު ދުއްވުމުގެ C2 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން) |
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:
|
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 ޖޫން 11 ވަނަ ދުވަހު، މިލަންދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ، ލައިސެންސްގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540063 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.