ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ނ.ހެނބަދޫ ސްކޫލުގެ ބައު ހޯލު އިމާރާތް ކްލާސް ރޫމަކަށް ބަދަލުކުރުން

1-  މި ސްކޫލުންދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ބައު ހޯލް ކްލާސްރޫމަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.  ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިއްލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.                                                                .

3- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2024 ޖޫން  03 ން 2024 ޖޫން 05 ވާ ބުދަ ދުވަހުގެ 13:30 ގެ

ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތް ތަކަށެވެ.

"ބިޑް ރަޖިސްޓްރޭޝަން ފޯމް" ގެ ލިންކް: https://docs.google.com/forms/d/e/1FAIpQLScNPlrOj-OvGpRP2E_2xSpIHUhszUu9M_L7UOhXKlOuxI4TSw/viewform?usp=sf_link

4 - މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް

ފޮނުއްވުން އެދެމެވެ.  

5- މި ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2024 ޖޫން 09 ވާ އާދީއްތަ ދުވަހު 13:00 ގައި މި ސްކޫލުގެ މީޓިން              ރޫމުގައެވެ.

6 -  ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2024 ޖޫން 12 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.

7 - އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ހެނބަދޫ ސްކޫލު ، ނ. ހެނބަދޫ/ ދިވެހިރާއްޖެ

   ފޯނު، 6560571

އީމެއިލް: [email protected]

02 ޖޫން 2024
ހޯދާ