މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްރިޟްވާން މިސްކިތުގައިހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ރ.އިނގުރައިދޫ މަސްޖިދުއްރިޟްވާން މިސްކިތުގައި ހުރި މިދަންނަވާ މަރާމާތުތައް ވަރަށް އަވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މަސައްކަތްތައް:

  • މުޅި އިމާރާތުގައި އުވަ ކޮށައި ސިމެންތި ޖެހުން
  • މުޅި އިމާރާތުގައި ކުލައާއި ދަވާދު ލުން

މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސް ދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • ތަކެތީގެ ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

80%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށް

15%

މުއްދަތު

(Profile marks / Benchmark Profile marks) x Allocated Percentage

  • ލިބިފައިވާ ތަޖުރިބާ އަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ގިނަ މަސައްކަތް ކޮށްފައިވާ ފަރާތަކީ  ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއް މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޕްރޮފައިލްގައި އެންމެ ގިނަ މަސައްކަތްތައް ހުށަހަޅާފައިވާ ފަރާތަކަށެވެ.

5%

ޕްރޮފައިލް

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީހިސާބުގެ ބޭރުގައި "ރ.އިނގުރައިދޫ މަސްޖިދުއްރިޟްވާން މިސްކިތް މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުވެވަޑައިގަންނަވާނެއެވެ.

މި މަސައްކަތްކުރުމަށް ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު:IUL)309-AHI/309/2015/44)ފ(28 އެޕްރީލް 2015)ގެ އިޢުލާނަށް ޝައުޤުވެރިލައްވާ މަޢުލޫމާތު ސާފުކުރުމަށް އެންމެ ފަރާތަކުން ހާޒިރުވުމުން އެއިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ރަޖަބު 1436

10 މޭ 2015
ހޯދާ