މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަންހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިންދޭ މައުލޫމާތަކާއި އެއްގޮތަށް މިރަށު ސްޓޭޖް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު (ނަންބަރ1/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 2024 ޖޫން 04 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން: 6540056
އީމެއިލް: [email protected]
02 ޖޫން 2024
ހޯދާ