ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޓްރައިބިއުނަލް އޮފިސަރ

މި ޓްރައިބިއުނަލަށް ޓްރައިބިއުނަލް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: (IUL)200-A/200/2024/36 (20 މޭ 2024) އިޢުލާން ބާތިލް ކުރެވިފައިކަމުގައި ދެންނެވީމެވެ. އަދި ހަމައެއާއެކު، އަލުން އެ މަގާމަށް ނަންބަރު: (IUL)200-A/200/2024/38 އިޢުލާންއިން ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މަޤާމު:

ޓްރައިބިއުނަލް އޮފިސަރ

ޑިޕާޓްމަންޓް / ސެކްޝަން:

ކޭސް މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީއެ.އެސް. 4

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މުސާރަ:

6,295.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ

ސަރވިސް އެލަވަންސް: 2,000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން.
  2. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ހޯދަންޖެހޭ ޖަވާބު ހޯދުން.
  3. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ގަވާއިދާއި އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުން.
  4. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓްރައްދު ކުރެވުނުކަން  ޔަޤީންކުރުން.
  5. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި މެމްބަރުންނަށް އެހީތެރިވެދިނުން.
  6. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ލީގަލް ސެކްޝަނަށް ބޭނުންވާ އިދާރީ ސަޕޯރޓް ދިނުން.
  7. ޓްރައިބިއުނަލުން ބަލާ މައްސަލަތަކުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯރޓް ތައްޔާރުކުރުން.
  8. މެންބަރުންގެ ރައުޔު ތައްޔާރުކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.
  9. ޙަވާލުކުރެވޭ މައްސަލަތަކުގެ ލިޔުންތައް ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  10. ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން ޒިންމާދާރުކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުން.
  11. ލީގަލް ސެކްޝަނުން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓްތައް ފައިލްކޮށް ބެލެހެއްޓުން.
  13. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން.
  14. ލީގަލް ސެކްޝަނުން ބޭނުންވާ ރިސަރޗްތައް ހެދުން.
  15. ކްލެއިމް ރެޖިސްޓްރީ ބެލެހެއްޓުމާއި، ކްލެއިމް ޝެޑިއުލް ބެލެހެއްޓުމާއި، ތަންފީޒުވާ މައްސަލަތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން އަދި ޕެނަލް ބަދަލުވާ މައްސަލަތަކުގެ މަޢުލޫމާތު ޝީޓް ބެލެހެއްޓުން.
  16. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ރައުޔުތައް ކެޓަގަރައިޒްކޮށް ބެލެހެއްޓުން.
  17. ނިމިފައިވާ މައްސަލަތަކުގެ މާސްޓަރ ފައިލްތަކާ ހަވާލުވެ އެ ފައިލްތައް ތަރުތީބުކޮށް ބެލެހެއްޓުން.
  18. ލީގަލް ސެކްޝަނުން ޙަވާލުކުރާ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
  19. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  20. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  21. ޙަވާލުކުރެވޭ ގޮތެއްގެމަތިން މި ޓްރައިބިއުނަލުގެ ކޮމިޓީތަކުގައި މަސައްކަތްކުރުން.
  22. ޓްރައިބިއުނަލުގެ މަސައްކަތާއި ގުޅިގެން ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.

 މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ،

3 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުތަވަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. ޝަރީއާ އެންޑް ލޯ
  2. ލޯ

މަޤާމުގް މަސައްކަތުގެ ދާއިރާތައް:

  1. ޤާނޫނީ ދާއިރާ
  2. އެޑްމިނިސްޓްރޭޝަން
  3. މެނޭޖްމެންޓް

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

  • ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

23 މޭ 2024
ހޯދާ