މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ގުރުނެގުން

ބިންވެރިޔާސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ގުރުނެގުން

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅި ފަރާތްތަކާއި ގުޅޭގޮތުން 27 މެއި 2024 ގައި މި މިނިސްޓްރީންކުރި އިޢުލާނާއެކު އާންމުކުރެވުނު ލިސްޓްތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލްކުރެވިފައިވާ، ލިސްޓްތައް މި އިޢުލާނާއެކު އާންމުކުރީމެވެ. މި ލިސްޓްތަކުގެ ތެރޭގައި ހިމެނޭ ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ގުޅީފަޅަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުނެގުމެއް ނޯނާނެއެވެ.

ނަމަވެސް، ގިރާވަރުފަޅުން 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަވާތީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން 4 ޖޫން 2024 ވާ އަންގާރަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލާމްގައި އޮންނާނެއެވެ.

މި ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ދެންނެވިފައިވާ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެފަރާތެއްގެ ނަންކޮޅު އަމިއްލައަށް ގުރުނަގާ ފޮއްޓަށްލާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް އެ ފުރުޞަތު ދިނުމަށްފަހު، އެގަޑީގައި ޙާޟިރުނުވާ ފަރާތްތަކުގެ ނަންކޮޅު ގުރުގައި ބައިވެރިވާ ފަރާތްތަކުގެ ޙާޟިރުގައި މިނިސްޓްރީގެ ފަރާތުން ގުރުނަގާ ފޮއްޓަށްލުމަށްފަހުއެވެ.

މިގޮތުން ގުރުނަގާ ފޮއްޓަށް އަމިއްލައަށް ނަންކޮޅު ލާން ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމަށް ޙާޟިރުވެ ފޮއްޓަށް ނަންކޮޅުލުމަށް ދަންނަވަމެވެ. އަދި ލިސްޓްގައި ހިމެނޭ އެއްވެސް ފަރާތަކަށް ޙާޟިރުވެވެން ނެތްނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާނަމަ ބަދަލުގައި ޙާޟިރުވާ ފަރާތުގެ މައުލޫމާތު، ހާޟިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއަކާއެކު ހިޔާވަހި ޕޯޓަލް(ތިރީގައިވާ ލިންކް) މެދުވެރިކޮށް 1 ޖޫން 2024 ވާ ހޮނިހިރުދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 3 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.

 

ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދެވޭނީ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ނުވަތަ ލިސްޓްގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި ޙާޟިރުވާ ފާރާތެއްގެ ގޮތުގައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ފަރާތްތަކަށްކަމާއި، ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ތަފްޞީލް ތިރީގައިއެވަނީއެވެ.

 - ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ ފަރާތްތަކުން ޙާޟިރުވާންވީ ގަޑި: 9:00 އިން 10:00 އަށް

 - ގުރުނަގަން ފަށާ ގަޑި: 12:00 އިން ފެށިގެން

 

ހިޔާވަހި ޕޯޓަލް ލިންކް: https://hiyaavehi.housing.gov.mv/

 

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު :3020809، 3020810،3020812

31 މޭ 2024
ހޯދާ