ދިވެހިރާއްޖެ
މި އޮފީސް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި އޮފީހުގެ ނަންބަރު IUL)32-A/1/2015/35)ފ(30 އެޕްރީލް 2015) އިޢުލާނާ ގުޅިގެން 2015 މޭ މަހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި އޮފީސް ފޮޅައި ސާފުކުރުމަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 18 ވަނަ ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވަނަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
25 ރަޖަބު 1436