މަޤާމް :
|
މޭލް ކްލިއަރަންސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/6000 ރުފިޔާ ( ހަ ހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ ( ތިން ހާސް ރުފިޔާ)
- ޑެއިލީ އެލަވަންސް: ގަވައިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
މޭލް އޮޕަރޭޝަންސް ޑިވިޜަން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ,
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
|
މަޤާމްގެ މަސްޢޫލިއްޔަތުތައް
|
- އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން
- އެއަރޕޯރޓުން މޭލް ގެނައުމާއި އެއަރޕޯރޓަށް އަދި ޕޯސްޓް އައުޓްލެޓްތަކަށް މޭލް ގެންދިއުން
- ކަނޑުދަތުރުކުރާ އުޅަދުތަކަށް މޭލް ގެންދިއުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކުރެވޭ އިންޓަރވިއު އިން ފާސްވުން
މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
- ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
- ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.
|
ރަސްމީ މަސައްކަތު ގަޑި
|
- ހެނދުނު 08:00 އިން ހަވީރު 4:00 އަށް.
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- **ވަކިވަކި ޑޮކިއުމެންޓްތައް ފޮނުވަންވާނީ އެއްޑޮކިއުމެންޓެއްގެ ގޮތުގައެވެ. އެނޫންގޮތަކަށް ފޮނުވާ ޑޮކިއުމެންޓްއެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 04 ޖޫން 2024 ވާ އަންގާރަ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
- އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް
|
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|