އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ކައުންސިލުން ބަލަހައްޓާ މަސްޖިދުލް ތަޤްވާ މިސްކިތުގެ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން

އއ.ބޮޑުފޮޅުދޫ ކައުންސިލުން ބަލަހައްޓާ މަސްޖިދުލް ތަޤްވާ މިސްކިތުގެ މަރާމާތުކުރުމުގެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މި އިދާރާގެ ނަމްބަރ (IUL)343-AS/343/2024/50 ( 21.05.2024 ) އިޢުލާނަށް މަސައްކަތް ކޮށްދިނުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިކޮށް އަލުން އިޢުލާން ކުރަމެވެ.

އއ. ބޮޑުފޮޅުދޫ ކައުންސިލުން ބަލަހައްޓާ މަސްޖިދުލް ތަޤްވާމިސްކިތް މަރާމާތުކުރުމުގެ މަސައްކަތް މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓްތަކާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 ޖޫން 06ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2024 ޖޫން 06ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

30 މެއި 2024

30 މޭ 2024
ހޯދާ