ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތް 2024 ހޯސްޓްކުރުމަށް ހުޅުވާލުން

މިއަހަރު ޖަލައި 11 ން 19 އަށް ލ.ގަން ޒޯންސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތް ހޯސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ހޯސްޓްކުރާ ފަރާތަކަށް -/25،000ރ (ފަންސަވީސްހާސް ރުފިޔާ) ގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މުބާރާތް ހޯސްޓް ކުރުމަށް ސައުޤުވެރިވާ ކުލަބު ޖަމްޢިއްޔާ ތަކުން ''ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތް 2024'' ހޯސްޓް ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ޖޫން 11 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ހިއްޕަވައިގެން އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓް www.laamu.gov.mv އިން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެއެވެ.

30 މޭ 2024
ހޯދާ