މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް މުވައްޒަފުން ހޯދުން

 

މަޤާމް:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

މަޤާމުގެ ނަންބަރު:

J-370431

ބޭނުންވާ ޢަދަދު:

1(އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އުޞޫލުން

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާއަދާކުރަންޖެހޭ ތަން:

ނ.ވެލިދޫކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ (މަހަކު)

ސަރވިސްއެލަވަންސް:

1000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ސަޕޯޓިންގ ކޯ އެލަވަންސް 2 : މަހަކު 1200.00ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

- މިނިމަމްވޭޖް އެލަވަންސް: ސިވިލްސަރވިސްކޮމިޝަނުން ހަމަޖެހިފައިވާ އުޞޫލުންލިބޭނެއެވެ.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

 1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
 2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
 3. އިޖުތިމާޢީ ސަރަޙައްދުތަކާއި، ކުޅިވަރު ދަނޑުތަކާއި، ޤަބުރުސްތާނު ސާފުކޮށް ކުނިކަހަންޖެހޭ ސަރަހައްދުތައް ކުނިކެހުމާއި، އެސަރަޙައްދުތަކުގައި ހުންނަ ބޮޑަތި ގަސްތަކުގެ ގޮފިތައް ކޮށާ، ފަޅާފައިވާ ވިނަތައް ބޯވިޔަ ނުދީ ނޮޅާ ސާފްކޮށް، ބެލެހެއްޓުން.
 4. ރަށުގެ ބަދަރުބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
 5. ރައްޔިތުންގެ ޢިމާރާތްތައް ކުނިކަހާ ، ފޮޅާ ސާފްކޮށް، ދިޔަދޮވި ތަކާއި، ފުރާޅާއި، ޢިމާރާތްތަކުގެ ބެޑްޝީޓާއި،  ބާލީހްއުރައާއި، ދޮރުފޮތިތައް ދޮވެ ސާފްކޮށް ބެލެހެއްޓުން.
 6. ރައްޔިތުންގެ ޢިމާރާތްތަކުގެ ލައިޓްތައް އެދުމުން ބަދަލްކުރުމާއި، ފެންޕަންޕަށްދިމާވާ މައްސަލަތައް ކައުންސިލަށް ހުށަހަޅައިގެން އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން.
 7. ބަލަހައްޓަމުންދާ ޢިމާރާތްތަކުގެ ކަރަންޓަށްލިބޭ ގެއްލުންތައް ހައްލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސްޕަވައިޒަރަށް ހުށައަޅާގެން މަސައްކަތްކުރުން.
 8. މަގުތަކުގައި ޖަހާފައިވާ ބައްތި ދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން.
 9. ފެންހެދޭ މަގުތަކަށް ވެލިއަޅާފަސްގަނޑު ލެވަލްކުރުން.
 10. އިމާރާތްތަކުގެ ކޮޓަރިތައް ތައްޔާރުކުރުމަށް އެންގުމުން ބެޑްޝީޓާއި ބާލީހުއުރަބަދަލުކޮށް ، ފާޚާނާތެރެ ސާފްކޮށް ކޮޓަރިތެރެ ސާފްކޮށް ކޮޓަރިތެރެކުނިކަހާ ތައްޔާރުކޮށް ކައުންސިލްގެ އިދާރާއިން އަންގާފަރާތަކާއި ތަޅުދަނޑި ޙަވާލްކުރުން.
 11. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުނިމެނޭޖްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
 12. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

1- ލިޔަންކިޔަން އެނގުން.

މަޤާމްގެޕްރިފަރޑް ޑިސިޕްލިންތައް

ނެތް

މަޤާމުގެ މަސައްކަތުގެދާއިރާތައް:

 

1- ވިނަނޮޅާ، ގާ ނަގާ ކުނިކަހާ ސާފްކުރުން.

 

 

ހުށަހަޅަންޖެހޭލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް (މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/downloads/15151 އަދި މިއިދާރާގެ ވެބްސައިޓުwww.velidhoo.gov.mv  އަދި އިދާރާގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވާ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓްފިކެޓްނެތް ހާލަތްތަކުގައި ، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއުއޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

1- މަސައްކަތުގެ ތަޖުރިބާއަންގައިދޭ ތިރީގައިވާ މިންގަނޑަށްފެތޭ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލްސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ވަޒީފާއަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތްތެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާއަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިއޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  އަސާސީ ޝަރުތު ހަމަވުން ( %50)

2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5 )

3-  އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5 )

4-  އިންޓަރވިއު  ( %40)

  މިމަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70(ހަތްދިހަ އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ.

 މިވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2024 ގެ 14.00   ކުރިން މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން.

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެތަނާއި، މުއްމުދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު  އަދި އިމްތިހާން އޮންނާނީ  13 ޖޫން 2024 އާއި 27 ޖޫން 2024 އާދެމެދުއެވެ. އިމްތިހާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ މި ކައުންސިލުގައި ނުވަތަ '' ވީޑިއޯ ކޮންފަރެންސް '' މެދުވެރިކޮށެވެ. ވުމާއިއެކު، އެމުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުފޮތުގެ ޝީޓް (އޭ2 ޝީޓް) އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ2 ފޯމް) އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އަދި ގެޒެޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީބަންދު ނޫން 3 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6568018، 6567980 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ "ރެކްރޫޓްމަނޓާއިގުޅޭ އާންމު އުޞޫލުތައް (http://www.csc.gov.mv/policy/index/51) ގެ "ޚާއްސަ އޮނިގަނޑުތަކުގެ ރެކްރޫޓްމެންޓްއުޞޫލުތައް https://www.csc.gov.mv/Policy/Index/ އިން ލިބެންހުންނާނެއެވެ.

30 މޭ 2024
ހޯދާ