ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
އިމާމު / މުދިމް (ޕޫލް - ވޭޖް އެމްޕޮލޯއިމަންޓް) |
ބޭނުންވާ އަދަދު: |
03 (ތިނެއް) |
މަޤާމު އޮތް އޮފީސް: |
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ |
ސެކްޝަން: |
އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސާވިސް ސެކްޝަން |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މިސްކިތްތައް |
މުއްދަތު: |
އެގްރީމަންޓްގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 1 އަހަރު |
މަޤާމުގެ ޝަރުތުތައް: |
އިމާމް- އިމާމުކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން. މުދިމް- ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
11. މިނިސްޓްރީން ހުއްދަލިބިގެން މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން. 12 .މިސްކިތްތަކާބެހޭގޮތުންރައްޔިތުންކުރާޝަކްވާގެއަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން. 13. ކަށުކަމާކެމީގެ ކަންތައްކުރުން (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ހާލަތެއްގައި)
|
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށައެޅުއްވުންއެދެމެވެ. އަދި ފޯމާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6582701 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
22 ޛުލްޤައިދާ 1445ހ
30 މެއި 2024މ