ދިވެހިރާއްޖެ
އިޢުލާން
ގަވާއިދު ނަންބަރ 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް
ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތައް
ގަވާއިދު ނަންބަރ 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް
ދޫކުރުމާބެހޭ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން 25 ރަށް ދޫކުރުމަށް ހުޅުވާލައި ކޮށްފައިވާ އިޢުލާން
ނަންބަރު: (IUL)431-AHP/1/2024/4 (17 ފެބުރުވަރީ 2024) އިޢުލާން ބާޠިލްކޮށް، މި އިޢުލާނާއިއެކު މިވާ ލިސްޓުގައި ހިމެނޭ 28
ރަށަށް ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އާއްމުކޮށް އިޢުލާން ކުރީމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން ގަވާއިދު ނަންބަރ 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި
އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެމަތިން މި އިޢުލާނާއިއެކު އާއްމުކުރާ ލިސްޓްގައި ހިމަނާފައިވާ 28
ރަށުގެ ތެރެއިން ރަށެއް ހޯދުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް
ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށެވެ.