މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި އިޢުލާންވަނީ 30 މޭ 2024 12:16 ގައި ބާތިލް ކުރެވިފައެވެ.


 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފަރު ކައުންސިލް އިދާރާ

    އުނގޫފަރު / ދިވެހިރާއްޖެ

                                                                ނަމްބަރ:IUL-303-ISS-303-2024-39

 

އުނގޫފާރުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

            އުނގޫފާރުގެ އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 04ވާ އަންގާރަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ރަށް ކުނިކަހާ ސާފުކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 06ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

 

ރަށް ކުނިކެހުމަށް އެދި ހުށަހަޅާ އެސްޓިމޭޓްތަކަށް މާކުސްދިނުމުގައި ބަލާނެ ގޮތް ތިރީގައި އެވަނީއެވެ.

* ހުށަހަޅާފައިވާ އަގަށް %85

* މުއްދަތައް

* މާލީތަނަވަސްކަމަށް                                               

          ވީމާ މިކަންއާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 މޭ 2024
ހޯދާ