ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން

(IUL)391-EM/391/2024/33:      ނަންބަރު

އިޢުލާނު

ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ތިމަރަފުށީ ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިއިއުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެ މަތިން މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 ޖޫން 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި ބީލަންތައް ހުޅުވުން އޮންނާނީ 9 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780671 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 މެއި 2024

30 މޭ 2024
ހޯދާ