މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮމްޕޯސްޓިން ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ކޮމްޕޯސްޓިން ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމާބެހޭ މަޢުލޫމާތުދީ އެތަކެތި އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކަމަށް އެންމެ އެކަށީގެންވާ ރަށެއްގައި މިމިނިސްޓްރީގެ ފަރާތުން ޕްރޮގްރާމެއް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް އެރަށެއްގައި ހިންގައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. ޖަމުޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށެއް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަރުގެ ބިމެއް އޮތުން.
  • ކާދު ތައްޔާރު ކުރުމަށް އެކަށީގެންވާ ކަހަލަ ތަކެތި ރަށުން ލިބެން ހުރި މިންވަރު.
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
  • މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޕްލޭންކުރެވިފައިވާ މިންވަރު
  • ދަނޑުވެރިންނަށް ގަސްކާނާ ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތުގެ ހަރުދަނާ ކަމަށް

ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު

ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ ނަން

ރާއްޖޭގައި ވިޔަފާރީގެ އުސޫލުންހައްދާ ބަވަތްތައް އުފެއްދުމަށް އެތެރެ ކުރާ ކާދުގެ ބަދަލުގައި ތިމާވެށްޓާއި ރައްޓެހި ކާދެއް، ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ތައްޔާރު ކުރާނެގޮތް ކިޔައިދިނުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. އަދި މީގެ އިތުރުން ތިމާވެށްޓާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި ގޮތްތަކަށް ތައްޔާރު ކުރެވޭ ބަޔޯ ޕެސްޓިސައިޑްސް ތައްޔާރު ކުރާނެގޮތް ދަސްކޮށްދިނުން.

  1. އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑްސް ތައްޔާރުކުރުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

www.fishagri.gov.mv ޚިދުމަތަށް އެދޭ ފޯމު/ ދަނޑުވެރިކަމާބެހޭ ދާއިރާ

ހުށަހަޅަންޖެހޭ ތަކެތި

ސުންގަޑި 31 މޭ 2015 ގެ 15:00

11 މޭ 2015
ހޯދާ