ދިވެހިރާއްޖެ
ހުޅުމާލޭގައި ވަގުތީ ލޯކަލް މާރުކޭޓްގެ ގޮޅި ދޫކުރުމާބެހޭ
ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ރާއްޖޭގައި އުފައްދާ އަދި ހައްދާ ބާވަތްތައް ގަންނަން ލިބޭނެހެން ހުޅުމާލޭގައި ހެދުމަށް ހަމަ ޖެހިފައިވާ ވަގުތީ ލޯކަލް މާރުކޭޓް (ހަމައެކަނި ރަމަޟާން މަހަށް ޚާއްޞަކޮށް) ގޮޅިއަށް އެދޭ ފާރާތްތަކަށް އެކަމަށް އެދުމުގެ އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 12 (ބާރަ) ގޮޅިއެވެ. ގޮޅިއަށް އެދި ހުށަހަޅާ ފޯމު މި ކޯޕަރޭޝަނުން (މުނިސިޕަލް ޑިޕާޓްމަންޓް، ގްރައުންޑް ފްލޯރ) ލިބެން ހުންނާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
މަޢުލޫމާތު: |
|
ޝަރުޠުތައް |
100% ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއް ކަމުގައިވުން. |
ސުންގަޑި: |
2015 މޭ 20 ބުދަ ދުވަހުގެ 14:00އަށް. |
މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00އާ ދެމެދު 3355128 ނުވަތަ 3355153 ނަންބަރު ފޯނަށެވެ.
18 ރަޖަބު 1436