ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
(ޕްރޮޖެކްޓް ނަންބަރު:TES/2024/C-001)
މެރިން ރިނިއުބަލް އެނަރޖީ ރޯޑްމެޕް އަދި އޯޝަން ރިނިއުބަލް އެނރޖީ ޕްރޮޖެކްޓް ތައްޔާރުކުރުމުގެ މަސައްކަތް
1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓުގެ ދަށުން މެރިން ރިނިއުބަލް އެނަރޖީ ރޯޑްމެޕް އަދި އޯޝަން ރިނިއުބަލް އެނރޖީ ޕްރޮޖެކްޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. މިމަސައްކަތުގެ މައިގަނޑު މަޤުޞަދަކީ މެރިން ރިނިއުބަލް އެނަރޖީ ރޯޑްމެޕް ތައްޔާރުކުރުމާއި އޯޝަން ރިނިއުބަލް އެނރޖީ ޕްރޮޖެކްޓް ތައްޔާރުކުރަން އަދި ޕްރޮޖެކްޓަށް ބޭނުންވާ ޕްރީ-ޑިވެލޮމަންޓް މަސައްކަތްތައް ކުރަން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ، މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު) ހުށަހަޅަން ވާނެއެވެ.
4. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، އޭ،ޑީ.ބީގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވަރސް (2017)" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.
5. މަސައްކަތާއި ގުޅޭ މަޢްލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،
ފޯން : (960) 3349147, (960) 3349106, (960) 3349115
އީމެއިލް : [email protected]
ކޮޕީ : [email protected]
6. މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ، އޭ.ޑީ.ބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސަސް ރެކްރޫޓްމަންޓް ނޯޓިސް (ސީ.އެސް.އާރ.އެން) ވެބަސައިޓް (http://csrn.adb.org) މެދުވެރިކޮށެވެ. އަދި ހާޑް ކޮޕީ އާއި މިނޫން ގޮތަކަށް ހުށަހެޅޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ބަލައެއްނުގަނެވޭނެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 27ވާ ބުރާސްފަތި ދުވަހުގެ21:00:00ގެ ނިޔަލަށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.