ދިވެހިރާއްޖެ
މިއިދާރާއަށް އައިޓީއާ ގުޅޭ ސާމާނު ހޯދުމަށް ކޮށްފައިވާ މިއިދާރާގެ އިޢުލާން ނަންބަރު B2/2015/31-ފ371 (03 މޭ 2015) ބާޠިލުކޮށް އަލުން އެތަކެތި ހޯދުމަށް އިޢުލާން ކުރަމެވެ.
ވުމާއެކު، މިއިދާރާއިން ދޭ ސްޕެޝިފިކޭޝަނާ، މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާތަކެތި ހޯދައި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 1- ފިންގަރ ޕްރިންޓް ކެޕްޗަރ ޑިވައިސް،
- 1- ސިގްނޭޗަރ ޕެޑް
- 2- ކޮމްޕިއުޓަރ ސިސްޓަމް
- 1- ސްކޭނަރ
- 1- ޑިޖިޓަލް ކެމެރާ
- 1- މޮނިޓަރ
- 4- ޔޫ.އެސް.ބީ އޮޕްޓިކަލް މައުސް
- 1- އޭ.ޑީ.އެސް އެލް ރައުޓަރ
- 2- ޔޫ.ޕީ.އެސް
ވީމާ، މި މިތަކެތި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2015ވާ ބުރާސްފަތި ދުވަހުގެ 11:30އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 18 މޭ 2015 ވާ ހޯމަ ދުވަހުގެ 11:30އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި "ބިލެތްދޫ ކައުންސިލް އިދާރާއަށް ބޭނުންވާ އައިޓީއާ ގުޅޭ ސާމާނުގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް
- މިއޮފީހުން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު
21 ރަޖަބު 1436