ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫގެ ރަސްމީ ފާލަމުގެ ކޮންކުރީޓް މަސައްކަތް ކުރުމާބެހޭ
ތ. ކަނޑޫދޫ ބަނދަރުން މިއިދާރާއިން ދައްކާ ތަނެއްގައި ތ. ކަނޑޫދޫ ރަސްމީ ފާލަމުގެ ކޮންކުރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރިއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިމަސައްކަތް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 29 މެއި 2024 ވަނަދުވަހުގެ 8:30 އިން ފެށިގެން 02 ޖޫން 2024 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 06 ޖޫން 2024 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 02 ޖޫން 2024 ވަނަދުވަހު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/150 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725-700437-001 ރެވެނިއު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރަގެ މެއިލް އެޑްރެސްކަމުގައިވާ [email protected] އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު މައުލޫމާތުޝީޓް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުންވެސް މައުލޫމާތުޝީޓު މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
21 ޛުލްގައިދާ 1445
29 މެއި 2024