ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރުން
ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމާއި ބެހޭ ޤަވާއިދު ނަންބަރު R-49/2021 ގެ ދަށުން އެކުލަވާލާ "އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައެވެ.
- މެނޭޖިން ޑިރެކްޓަރގެ މަޤާމުގެ ޝަރުތުތަކީ:
- މަތީ ސާނަވީ ފުރިހަމަކޮށްފައިވުން
- ހުށަހަޅަންޖެހޭ ލިޔުންތައް:
- މެނޭޖިންގ ޑިރެކްޓަރ ކަމަށް އެދި ހުށަހަޅާ ސިޓީ
- ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ތަޢުލީމާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ
- ތަޖުރިބާ ލިޔުންތަކުގެ ކޮޕީ
ވީމާ، އއ. މަތިވެރީ ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ކުރުމަށްފަހު 2024 ޖޫން 6 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލް [email protected] މެދުވެރިކޮށް މިކައުންސިލްއަށް ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.