އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުން

  

އދ. ދިގުރަށު ކައުންސިލްގެ އިދާރާ             

  ދިގުރަށް، ދިވެހިރާއްޖެ

                                                      

 

ނަންބަރު:353/353/2024/58(IUL) 

  

އިޢުލާން

 

އދ.ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުން

         އދ.ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން 15 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ފައިބަރގްލާސް މަސައްކަތް ކުރުމަށް، ގަރާޖް، ވޯކްޝޮޕް، ވަޑާންގެ ހެދުމަށް، ގާއެޅުމަށް، އޮޑިދޯނިފަހަރުތަކުގެ ބޭނުމަށް އަދި ގުދަން ހެދުންފަދަ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އެކުލަވާލާފައިވާ "އދ. ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުމުގެ އުސޫލް" ގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ބިންތައް ދޫކުރުމާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 ޖޫން 2024 ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

         މި އިޢުލާނުގެ ދަށުން ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ

11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން 13:30 އަށެވެ. މިގޮތުން އިންޑަސްޓްރިއަލް ޒޯނުގައި ހިމެނޭ ބިންތަކަށް ބީލަން ހުށަހަޅާނީ ތިރީގައިމިވާ ތާވަލާއި އެއްގޮތަށް ކޮންމެ ކެޓަގަރީއެއް ވަކިންނެވެ.

  •      ފައިބަރގްލާސް މަސައްކަތް ކުރުމަށް ދޫކުރާ ބިންތަކަށް ބީލަން ހުށަހަޅުއްވާނީ 11:00 އަށް.
  •      ވޯކްޝޮޕް އަދި ގަރާޖް ހެދުމަށް ދޫކުރާ ބިންތަކަށް ބީލަން ހުށަހަޅުއްވާނީ 11:30 އަށް.
  •      ވަޑާން ކުރުމުގެ މަސައްކަތައް ދޫކުރާ ބިންތަކަށް ބީލަން ހުށަހަޅުއްވާނީ 12:00 އަށް.
  •      ގާއެޅުމުގެ މަސައްކަތައް ދޫކުރާ ބިންތަކަށް ބީލަން ހުށަހަޅުއްވާނީ 12:30 އަށް.
  •      ގުދަން ހެދުމަށް ދޫކުރާ ބިންތަކަށް ބީލަން ހުށަހަޅުއްވާނީ 13:00 އަށް.
  •      އޮޑިދޯނިފަހަރުތަކުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ބީލަން ހުށަހަޅުއްވާނީ 13:30 އަށް.

ބީލަން ހުށަހެޅުމާބެހޭ އިތުރު މަޢުލޫމާތު

  1. ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނި ނުވަތަ ވިޔަފާރިއެއްގެ ނަމުގައެވެ.
  2. ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  3. ރަޖިސްޓްރޭޝަން ފީއަކީ -/200 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ހުށަހަޅާ ރަޖިސްޓްރޭޝަން ފޯމުން އިންޑަސްޓްރިއަލް ޒޯނުން ދޫކުރާ ހުރިހާ ބިންތަކަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް ރަޖިސްޓްރީ ކުރާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރޭޝަން ފީ ދައްކަން ޖެހޭނެއެވެ.
  5.  މިބިންތަކަށް ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ކެޓަގަރީއަކަށް ވަކި ބިޑު ފޯމެއް ހުށަހަޅާ ގޮތަށެވެ. މި ބިޑު ފޯމުގައި އެ ކެޓަގަރީއެއްގައި ހިމެނޭ ހުރިހާ ބިންތަކަށްކަށް ވަކިން އަގު ހުށަހެޅޭނެއެވެ. 
  6. ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑު ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައި.ޑީ.ކާޑުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.
  7. ކުއްޔަށް ދޫކުރާ ބިމާބެހޭ އުސޫލު، ބިޑު ފޯމް އަދި ބިޑު ރަޖިސްޓްރޭޝަން ފޯމް، މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި ފޯމުތައް އިޢުލާނާއެކު ވަނީ ގެޒެޓްކުރެވިފައެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20  ޒުލްޤައިދާ 1445

28  މެއި   2024

 

 

(ސޮއި)

އިބްރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް

                                                              

28 މޭ 2024
ހޯދާ