ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކޯޓުގައި މިހާރު ހަރުކޮށްފައިހުރި ދަގަނޑު ދިޔަދޮވިތައް ޕުލާސްޓިކް ދިޔަދޮވިތަކަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 21 މޭ 2024ގައި ކުރެވުނު މިކޯޓުގެ ނަންބަރު: B8C-A/2024/12 އިޢުލާނަން އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތި އެއިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1.1. ދަގަނޑު ދިޔަދޮވިތައް ޕުލާސްޓިކް ދިޔަދޮވިތަކަށް ބަދަލުކުރުމުގެ މަސައްކަތް
- މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
II.ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.
- މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކޯޓު (ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2024ޖޫން 23 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިކޯޓު (ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ނެއްލައިދޫ ދިވެހިރާއްޖެ ،ފޯން: 6527005 ، 6528944 އީ-މެއިލް: [email protected]