މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޢިމާރާތަކަށް ބަދަލުގެނެސް، ހެޗަރީއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު

މިނިސްޓްރީން ކ.މަނިޔަފުށީގައި ހެދުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ އެންޑް ޑެމޮސްޓްރޭޝަން ހެޗަރީގެ ބޭނުމަށް މަނިޔަފުށީގައި ހުރި ޢިމާރާތަކަށް ބަދަލުގެނެސް ހެޗަރީއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި IUL)30-C/1/2015/53) އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު އައިސްފައިވާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ. ވީމާ، ހެޗަރީ ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދި އަލުން އިޢުލާންކުރަމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

21 މޭ 2015 ބުރާސްފަތި ދުވަހުގެ 11:00 އަށް

14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 މޭ 2015
ހޯދާ