ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ ފެރީ ޓާމިނަލްގެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރުން
ތިނަދޫ ސިޓީގެ ފެރީ ޓާމިނަލުގެ މަރާމާތްތަކާއި މަސައްކަތްތައް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް ((IUL)415/415/2024/68) ހުށަހަޅާފައިވާ ބީލަންތައް، މިމަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމަށް ފެންނާތީ، މި އިޢުލާނު ބާތިލުކޮށް މިމަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވެ، ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނެއް 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ތިނަދޫ ސިޓީ ކައުންސިލްގެ މީޓިންގް ރޫމްގައި އޮންނާނެއެވެ. އަދި މި މަސައްކަތައް ބީލަން ހުށަހެޅޭނީ، މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފްކުރުން |
06 ޖޫން 2024 |
ބުރާސްފަތި |
10:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
ބީލަން ހުށަހެޅުން |
23 ޖޫން 2024 |
އާދިއްތަ |
13:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
21 ޛުލްޤައިދާ 1445