ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލިފާން ނިއްވަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ:
މިކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމިޓީއާއި މޯލްޑިވްސް ޑިފެންސް ފޯހައި ގުޅިގެން "ކޮމިއުނިޓީ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފެށުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)257/257/2024/24އާއި ހަވާލާދީ ދަންނަވަމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޙަކީ 29 މޭ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ބައިވެރިވުމަށް އެދޭ ފޯމް މެއިލްއިންވެސް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. މެއިލް ފޮނުއްވާނީ [email protected] މި އީމެއިލް އަށެވެ.
- ހުށަހަޅަންޖެހޭ ތަކެތި:
- ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް
- ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
28 މޭ 2024
ހޯދާ