ދިވެހިރާއްޖެ
އިޢުލާން
ގަވާއިދުން ނެރެމުން ނުގެންދާ ނޫސްމަޖައްލާ ފަދަތަކެތި އުވާލުން
ޤާނޫނު ނަންބަރު: 78/47 (ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން 'މޯލްޑިވްސް އިކޮނޮމިކް ރިވިއު" އުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ގަވާއިދު ނަންބަރު: 2018/R-3 (ނޫސްމަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ) ގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮއްފައިވާގޮތަށް 'މޯލްޑިވްސް އިކޮނޮމިކް ރިވިއު' އުވާލައި ނޫސް މަޖައްލާގެ ދަފްތަރުން ވަނީ އުނިކުރެވިފައެވެ. މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ މައުލޫމާތު ތިރީގައި މިވަނީއެވެ.
ނަން |
މަސްއޫލުވެރިޔާ |
އެޑިޓަރ |
ރަޖިސްޓްރީ ކުރި ތާރީޚް |
ބާވަތް |
ނެރުމަށް ހަމަޖެހިފައިވާ ގޮތް |
ރަޖިސްޓްރީ ނަންބަރު |
މޯލްޑިވްސް އިކޮނޮމިކް ރިވިއު |
އެޓޯލް ކެޕިޓަލް ފައިނޭންސް ޕްރައިވެޓް ލިމިޓެޑް |
ފަޞީލް ނަޖީބު، މ. ފަށަލަ، ކ. މާލެ |
24 ޖަނަވަރީ 2019 |
އޮންލައިން |
3 މަހުން 1 މަހު |
2173/2019 |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.